ސާރާ – އެއްވަނަ ބައި

މިއީ ހިނގާފައިވާ ހަގީގީ ބިރުވެރި ހާދިސާއެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ރަށްރަށާއި ނަމަކީ އަސްލެއް ނޫނެވެ. ފަރީނާއަށް ހާސްކަމާއިއެކު ކުއްލިއަކަށް ހޭލެވުނީ ކޮންމެވެސް މީހަކު ފަރީނާގެ ބޮލުގައި އަތްލައިގެން ހުރިހެން ހީވެގެންނެވެ. ފަރިނާ ދެލޯބޮޑުކޮށްލާފައި ބަލާލިއިރު ފަރީނާގެ ފިރިމީހާގެ ބައްޕަ ހާރޫނު ފަރީނާގެ ނިތްކުރީގައި އަތްލައިގެން ކޮންމެވެސް އެއްޗެއް ކިޔަވަން ހުއްޓެވެ. ފަރީނާ މިކަމާ ރޮއިގަތުމުން ” އަހަރެން މިކުރާކަމެއްކޮށް ނިމެންދެން މަޑުން އޮންނާށޭ ” އޭނާ ބުންޏެެވެ. ހާރޫނާއި އެނާގެ އާއިލާއަކީ ސިހުރު ހާހޫރަ ހެދުމަށް ހުވަދުއަތޮޅުގައި […]
![]()